English Edition
Dhivehi Edition

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ފަލަސްތީނުގައި ކުރަމުން ގެންދާ ހަނގުރާމައަކީ، ހަމާސް ނައްތާލުމަށް ކުރާ ހަނގުރާމައެއް ނޫންކަން ފަޅާއަރައިފިއެވެ.

ނަތަންޔާހޫގެ މި ހީލަތްތެރި ރޭވުން ފަޅާއަރުލާލީ ދާދި ފަހުން އިސްރާއީލުގެ ގައުމީ ސަލާމަތީ މަޖިލީހުގެ ވެރިޔާ ހަނޭގްބީ ލިޔުއްވި ރިޕޯޓެއްގައެވެ. މި ރިޕޯޓުގައި އޭނާ ވިދާޅުވެފައިވަނީ ނަތަންޔާހޫގެ އެންމެ ބޮޑު އަމާޒަކީ އަދި ވިސްނުމަކީ ފަލަސްތީނު އިސްރާއީލުގެ ބާރުގެ ދަށަންގެނައުންކަމަށެވެ. އަދި ފަލަސްތީނުގެ އޮތޯރިޓީއަށް ވެރިވެގަތުންކަމަށެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި ނަތަންޔާހޫ ގެ ލަސްކަރުން މިހާރު ހަމާސްއާއި ދެކޮޅަށް ކަމަށް ބުނެ ކުރާ މި ހަނގުރާމައިގެ މައިގަނޑު މަގުސަދަކީ ފަލަސްތީނުގެ އޮތޯރިޓީއަށް އަތްގަދަކޮށް އެތަނުގެ ބާރުތައް ދަމައިގަތުންކަމަށެވެ. އަދި ހަނގުރާމަ ނިމޭއިރު، ފަލަސްތީނުގެ ވެރިކަމުގެ ހުރިހާ ބާރުވެރިކަމެއް އޮންނަން ޖެހޭނީ އިސްރާއީލުގެ އަތްމަތީގައި ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވާކަމަށެވެ.

މީގެ ކުރިން ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުން ދިޔައީ ފަލަސްތީނުގެ ބިމަށް އަތްގަދަ ނުކުރާނޭކަމަށެވެ. އަދި މި ހަނގުރާމައަކީ ފަލަސްތީނު އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަށް ކުރާ ހަނގުރާމައެއް ވެސް ނޫންކަމަށެވެ. ނަމަވެސް އިސްރާއީލުގެ ގައުމީ ސަލާމަތީ މަޖިލީހުގެ ވެރިޔާ ހަނޭގްބީ ލިޔުއްވާފައިވާ މި ރިޕޯޓުން މިކަން މުޅިން ހާމަވެ، ނަތަންޔާހޫގެ ހީލަތްތެރި ރޭވުންތައް މިވަނީ ފަޅާއަރާފައެވެ.

ހަނޭގްބީ ވިދާޅުވެފައިވާ ގޮތުގައި ނަތަންޔާހޫ މިހާރުވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި ވެސް މިކަމުގެ މަޝްވަރާތައް ކޮށްފައެވެ. އެގޮތުން ބައެއް ޝަރުތުތައްވެސް ކަނޑައެޅިފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.