ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ލުއިތައް ދިނުމުގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް އެމަނިކުފާނުގެ ވަކީލް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
އިތުރު ލުއިތަކެއް ދިނުމަށް ރައީސް ޔާމީން ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފައި ވާއިރު، އެ ލުއިތަކަކީ ގާނޫނާ ފުށުއަރާ ކަމެއް ކަމަށް ބުނެ އެ ލުއިތައް ދެވެން ނެތް ކަމަށް އެ އިދާރާއިން ވަނީ ރައީސް ޔާމީންއަށް އަންގާފައެވެ.
މިކަމާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ ފަހުން އެދިފައިވާ ހުއްދަކީ ރައީސް ޔާމީނާ ބައްދަލުކުރަން އެދޭ މީހުންނާ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އޮފީހުގައި ބައްދަލުކުރުމުގެ ހުއްދަކަމަށެވެ. ދެވަނަ އަށް އެދިފައިވާ ހުއްދައަކީ ރައީސް ޔާމީންގެ ގެކޮޅަށް ނުވަތަ އޮފީހަށް ނޫސްވެރިޔަކު ގޮސް ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ނުވަތަ ބަސްދީގަތުމެއް ދިނުމުގެ ހުއްދައަށްކަމަށެވެ.
ރައީސް ޔާމީނާއެކުވެފައިވާ އިގުރާރުގައި މަނާކޮށްފައި ވަނީ ޓީވީ ސްޓޭޝަންތަކަށް ގޮސް ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވުން އެކަނިކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ މިހާރު ދީފައިވާ ލުއިތަށް ދިން ގޮތަށް ފަހުން ރައީސް ޔާމީން އެދިވަޑައިގެންފައިވާ ލުއިތަށް ދިނުމުގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ