English Edition
Dhivehi Edition

މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހޮޅިދަނޑިއަކުން ޖެހި އަންހެނަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ރޯޝަނީ ގޯޅިގައި ހަދަމުންދާ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި އަންހެނަކަށް އަނިޔާވެގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 19:29 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާއިރު އިމާރާތުގެ މަތިން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވި މައްސަލަ މަދުން ނަމަވެސް ފެންމަތިވަމުން އަންނައިރު، މި ފަދަ ހާދިސާތަކުގައި ބައެއް ފަހަރު މީހާގެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ގޮސްފައިވެއެވެ.