އައްޑޫ ސިޓީގައި ހިނގި މާރާމާރީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީ ސަރުކާރުން ދޫކޮށްލި މީހުންވެސް ހިމެނޭ ކަމަށް ހޯމްލެންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރު ބަދަލުވުމާ ހިސާބަށް 434 ގައިދީން މުޖުތަމައު ތެރެއަށް ދޫކޮށްފައިވާކަން ފާހަގަކޮށް އިހުސާނު ވިދާޅޫވީ އެ ދޫކުރެވޭ ކޮންމެ ދޫކުރެވުމަކީ އޭގެން ނޭދެވޭ އަސަރެއް ކޮށްފައިވާނެ ކަންކަން ކަމަށެވެ. އިތުރަށް އިހުސާން ވިދާޅުވީ ޖަލުތަކުގައި ބަންދުކުރެވިފައި ތިބޭ މީހުން ކްލެމެންސީ ޕެރޯލް އަދި ގޭ ބަންދަށް އެކި ގޮތްގޮތަށް ބަދަލުކުރެވޭ ބަދަލުކުރެވުމަށް މިންގަނޑުތަކާއި އުސޫލުތައް އިތުރަށް ފުރަތަމަ ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.
އައްޑޫ ސިޓީގައި މިދޭތެރެއިން ހިނގާދިޔަ މާރާމާރީގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެ 434 މީހުންގެ ތެރެއިން ދޫކޮށްފައިވާ ދެ މީހަކު ހިމެނޭކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ ކޮންމެ މަހެއްގެ ކުށުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އެ ދޫކުރެވުނު މީހުން ދޫކުރެވިފައިވާ ގޮތާއި ގުޅޭގޮތަށް ބައެއް ކަހަލަ ކުށްތައް ގިނަވެފައިވާ ކަމަށެވެ، އޭގެ ތެރޭގައި ވައްކަމާއި ފޭރުންމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ އިހުސާން ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވެފައިވާއިރު މި މާރާމާރީތަކާ ގުޅިގެން އައްޑޫ ސިޓީ ގައި ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ދަށުން 11 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.