ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރާ ދެކޮޅު ފަރާތްތަކުން ނަގިލި ވައްޓައިގެން ތިއްބާވެސް ރާއްޖެ ބާރު ސްޕީޑްގައި ދަތުރުކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީގެ ފަރާތުން ބޭއްވި ކެމްޕެއިން ޖަލްސާގައި އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތާ ހަވާލުވެވަޑައިގެންނެވިއިރު ލިބިވަޑައިގެންނެވީ ފާނަކުރުވަނި ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އެ މަޖިލީހުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ ކުރެއްވި ހިޔާލުފުޅާ ދެއްވަން ބޭނުންވި ހިދުމަތްތައް ހުރަސްއެޅި މަންޒަރު ފެނިގެން ދިޔަ ކަމަށް އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް އެދެނީ ބިނާ ކުރުވަނި ހިޔާލާ އެކުގައި ހިންގެވުމަށް ކަމަށާއި ޕީއެންސީގެ ކެނޑިޑޭޓުންނާއެކު ރައީސްގެ އަރިހަށް ރައްޔިތުން ބޭނުންވާ ތަސައްވަރު ގެނެސްދިނުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއްކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކީ ގައުމަށް ރަނގަޅު، ގައުމަށް ހެޔޮގޮތްތަކަށް ތަރުހީބުދޭ މަޖިލީހެއް ކަމަށެވެ.