English Edition
Dhivehi Edition

ކުވޭތުގެ އަމީރު ޝެއިހް ނަވާފް އަލް އަހްމަދު އަލް ޖަބެރް އަލް ސަބާހް އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފިއެވެ.

ކުވެއިތްގެ އަމީރް ޝެއިހް ނަވާފް އަލް އަހްމަދު އަލް ޖަބެރް އަލް ސަބާހް އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރުފުޅުގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.

ރައީސް އޮފީހުން ބުނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމުގެ ހިތާމައިގައި، 2023 ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝެއިހް ނަވާފް ރާއްޖެ އާއި ކުވެއިތްގެ ގުޅުން ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތް އަބަދުވެސް ހަނދާނުގައި ހުންނާނެކަމަށެވެ. އަދި މި ހިތްދަތި ދަނޑިވަޅު ޝެއިހް ނަވާފްގެ އާއިލާއަަށާއި ކުވެއުތްގެ ރައްޔިތުންނަށް ކެތްތެރިކަމަށް އެދި ދުއާ ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުވެއިތްގެ އެމިރް ޝެއިހް ނަވާފް އަލް އަހްމަދު އަލް ޖަބެރް އަލް ސަބާހް އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރުފުޅުގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.