English Edition
Dhivehi Edition

ރާއްޖޭގައި އެއްވެސް ބަރަހަނާ ވެބްސައިޓަކަށް ނުވަދެވޭހެން އެ ފަދަ ހުރިހާ ސައިޓެއް ބްލޮކްކޮށްފިއެވެ.

ބަރަހަނާ ސައިޓުތައް ބްލޮކް ކުރުމަށް, ސަރުކާރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް އަންގާފައިވާއިރު މިހާރު ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެ ފަދަ ސައިޓުތަކަށް ނުވަދެވޭނެއެވެ. އަދި އެ ފަދަ ސައިޓެއް ލޯޑު ވެސް ނުކުރެވޭނެއެވެ.

މި ނިންމުމާ ގުޅޭ ގޮތުން އަދި ސަރުކާރާއި، ނެޓްވޯކް ޕްރޮވައިޑަރުންގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު މިއީ މިފަދަ ނިންމުމެއް ރާއްޖޭގައި، ސަރުކާރުން ނިންމި ފުރަތަމަ ފަހަރެވެ.