English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫސިޓީ ހިތަދޫގެ ފިހާރައަކަށް ވައްކަން ކުރަން ވަދެ، ސޭޓަކަށް ހުރި މީހާއަށް ވަޅިން ހަމަލާދިން މީހަކު ހައްޔަރު ކޮށް އޭނާ ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެެއްގެ މަސްތުވާތަކެތި ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު ފަހު 3:10 ހާއިރު ކަމަށެވެ.

ފިހާރައަށް ވައްކަން ކުރަން ވަން މީހާ ހިފަހައްޓަން އުޅުމުގެ ތެރޭގައި ފިހާރައިގެ ސޭޓަށް އިންމީހާއަށް ތޫނު އެއްޗަކުން ޙަމަލާ ދިނުމުން އަނިޔާވެފައިވެ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އޭނާ މިހާރުވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 18 ރަބަރު ޕެކެޓް އޭނާގެ އަތުން ފެނިފައިވާ ކަމަަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި މައްސަލަ ފުުލުހުން ގެންދަވަނީ ތަޙުގީގު ކުރަމުންނެވެ.

އައްޑޫސިޓީގައި މިދުވަސްވަރު އާދަޔާޚިލާފަށް ވައްކަމުގެ މައްސަލަތައްދަނީ އިތުރުވަމުންނެވެ. އެގޮތުން ގޭގޭގެ ދަނޑުގޮވާމާއި ކެޔޮގަނޑުފަދަ ތަކެތި ވަގަށް ކެނޑުން ޢާންމުވެ ގާޑިޔާތަކާއި ވިޔަފާރިކުރާ ތަންތަނަށް ވަގަށްވަދެ ވައްކަންކޮށް މުދަލަށް ގެއްލުންދެމުންދާތީ ޢާންމުންދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.