English Edition
Dhivehi Edition

ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ”ޑިމޮކްރެޓްސް“ގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކޮށް އެޕާޓީގެ ރައީސްގެ މަޤާމް ޕާޓީގެ މުއައްސިސް ޙަސަން ލަޠީފު ކާމިޔާބު ކުރައްވައިފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ޙަސަން ލަޠީފަށް ވަނީ 1،704 ވޯޓް ލިބިވަޑައިގެންފައެވެ. އޭނާ އާއި ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު އަށް ލިބިވަޑައިގެންފައިވަނީ 1،300 ވޯޓެވެ.

އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ 3،029 މެންބަރުން ވޯޓް ލާފައިވާއިރު، އެ އިންތިޚާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.

ޑިމޮކްރެޓްސްގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ، މުޙައްމަދު ޝިފާޒު އާއި މަޑަވެލި ދާއިރާގެ މެމްބަރު ޙުސެއިން ފިރުޝާންގެ އިތުރުން ޢައިޝަތު އަލައިކާ އަދުނާނެވެ.

މީގެ އިތުރުން، އެ ޕާޓީގެ އަންހެނުން ގޮފީގެ ރައީސް ކަމަށް ފާތިމަތު ހަމްދާ އިންތިޚާބުވީއިރު، ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް އިންތިޚާބުވެފައިވަނީ މުޙައްމަދު މާސިހުއެވެ.