English Edition
Dhivehi Edition
ޑިމޮކްރެޓްސްގެ ހަރުގެ ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން:

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ދަ ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ހުސްކޮށްފި އެވެ.

މި މަޢުލޫމާތު ހާމަކުރައްވާފައި ވަނީ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުއެވެ.

ހަރުގެ ހުރި ބިން ހުސްކުރަން އަންގާފައިވަނީ އަންނަ މަހުގެ އެކެއް ކުރިން ކަމަށާއި، ދެން ހަރުގެ އަޅާނެ ބިމެއް ހޯދަމުން އަންނަ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި ބިން ހުސްކުރުމަށް ދެވުނު މުއްދަތުގެ ތެރޭގައި އެ ތަނުގައި ހުރި ހުރިހާ ތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރުގެ ގޭގައި ހިންގި އެ ހަރުގޭގެ ފުރަތަމަ ބޭނުންކުރީ އެމްޑީޕީ އިން ނަމަވެސް، މިދިޔަ އަހަރު ފަހުކޮޅު އެމްޑީޕީ ދެބައިވެ ޑިމޮކްރެޓްސް އުފެދުމާއެކު ޝަފިއްޔާ އެ ތަން ހުސްކުރަން އެންގި އެވެ. މި މައްސަލައިގައި އެމްޑީޕީން ކޯޓަށް ވެސް ދިޔަ ނަމަވެސް، ކޯޓުން ނިންމީ އެމްޑީޕީއާ ދެކޮޅަށެވެ. އޭގެ ފަހުން އެ ތަން ބޭނުންކުރަމުން އައީ ޑިމޮކްރެޓްސް އިންނެވެ.

ޑިމޮކްރެޓްސް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ޕާޓީއެއް ކަމަށާއި، ވުމާއެކު އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް އެކަށޭނެ ތަނެއް ބޭނުންވާނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި މި މަސައްކަތުގައި ޕާޓީގެ އެންމެހާ މެމްބަރުން ގުޅިގެން މަސައްކަތް ކުރާނެކަމަށް އޭނާ އުއްމީދު ކުރައްވާކަމަށް ވެސް މީޑިއާތަކާ ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު މިއަދު ވިދާޅުވިއެވެ.

މިމިދިޔަ 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކިރެވިފައެއް ނުވެއެވެ.