English Edition
Dhivehi Edition
ރައީސް ޑރ. މުޢިއްޒު އަދި ކުރީގެ ރައީސް ނަޝީދު/ފޮޓޯ މަޖިލިސް

ޑިމޮކްރެޓްސް އަށް 1 އަހަރު ފުރުމާގުޅިގެން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެޕާޓީގެ މެންބަރުންނަށާއި ލީޑަރޝިޕަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެސެޖް ފޮނުއްވީ ސޯޝަލް މީޑިއާ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ލީޑަރޝިޕުގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، އެމްޑީޕީ ދެބައިވެ އެޕާޓީދޫކޮށްދިޔަ މެންބަރުންނާއެކު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީއެކެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތް އެންމެ ބޮޑު ސަބަބަކީ އެޕާޓީގެ ގިނަ މެންބަރުންހިމެނޭ ދަ ޑިމޮކްރެޓްސް އެމްޑީޕީ އާއި ވަކިވުމެވެ.