English Edition
Dhivehi Edition

މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭއްވި އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީ އޮފް މޯލްޑިވްސް (ޑިމޮކްރެޓްސް) ގެ ކެންޑިޑޭޓު، މުޙައްމަދު އާޡިމް ޢަލީ ކާމިޔާބު ކުރައްވައިފަ އެވެ.

މި އިންތިޚާބުގައި މުޙައްމަދު އާޡިމް ވަނީ 194 ވޯޓު ހޯއްދަވައިފަ އެވެ. މިއީ ޕީއެންސީ ގެ ކެންޑިޑޭޓު ޢަބްދުﷲ ޢަލީ އަށް ލިބުނު 144 ވޯޓަށް ވުރެ 50 ވޯޓު އިތުރު އަދަދެކެވެ. މުޙައްމަދު އާޡިމް ވަނީ ވަރަށް ސާފު އަޣްލަބިއްޔަތަކުން، މަޑުއްވަރީ ކައުންސިލްގެ އާ ރައީސްގެ މަޤާމް ހޯއްދަވާފަ އެވެ.

މަޑުއްވަރީގެ ސިޔާސީ މަސްރަޙުގައި އާޡިމް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ޙަރަކާތްތެރިވެ ވަޑައިގެންފަ އެވެ. ވޭތުވެދިޔަ 13 އަހަރު ވަނީ މ. މަޑުއްވަރި ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާފަ އެވެ.

އާޡިމްގެ މި ކާމިޔާބީ މުޅި ޑިމޮކްރެޓިކް ޕާޓީއަށް ވެސް ވަރަށް އުފާވެރި ކާމިޔާބީއެކެވެ. ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު، ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އާޡިމްގެ ކާމިޔާބީ އަށް އުފަލާ އެކު މަރުޙަބާ ވިދާޅުވެފައެވެ.