މި ނިންމުން އެ މިނިސްޓްރީން ނިންމީ ޚުތުބާގެ ކަންކަމުގައި މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓާއެކު އޮތް ބައްދަލުވުމަކަށް ފަހުގައެވެ.
ބައްދަލުވުމުގައި ނިންމި ނިންމުންތައް ހިއްސާކުރައްވަމުން ފޭސްބުކް ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ވެސް ޚުތުބާ ކިޔާނީ ދިވެހިބަހުން ކަމަށާއި އެހެން ނަމަވެސް ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ދިރިއުޅެމުން އައުމާއެކު ޚުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަވާނެ ކަމަށެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ އިޝާރާތުގެ ބަހުން ވެސް ޚުތުބާ ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.
ޚުތުބާއާ ގުޅޭގޮތުން މިއަދު ނިންމުންތަކެއް ނިންމީ އިނގިރޭސި ބަހުން މާލޭގެ މިސްކިތެއްގައި ޚުތުބާ ކިޔުމާމެދު އާންމުންގެ ޚިޔާލަށް މިދިޔަ ހަފުތާގައި ހުޅުވައިލުމަށްފަހުގައެވެ.