English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ވަފުދެއް މިރޭ ފުވައްމުލައް ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިއްޖެއެވެ.

އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީގެ އިސް ވަފުދެއް މިރޭ 12:00ގައި ފުވައްމުލަކަށް ދަތުރުކުރާނެއެވެ. އަދި ޕާޓީއަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ފޯމް ފުރުމަށްޓަކައި އެ ޕާޓީގެ ފޯކަލް ޕޮއިންޓް ކާނަލް ފަޔާޒް (ޕާޕާ) އަށް 7349806 މެދުވެރިކޮށް ނުވަތަ ރައީސް ޔާމީންގެ ޤާނޫނީ ވަކީލު އާދަމް އާސިފަށް 7937877 މެދުވެރިކޮށް ގުޅުމަށް އެ ޕާޓީން އެދިފައިވެއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ދިނުމާއެކު، އެ ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ މިންވަރަށް މެންބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ދަނީ ކުރަމުންނެވެ.