English Edition
Dhivehi Edition
އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް - ފޮޓޯ: ޕީ.އެސް.އެމް ނިއުސް

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން އެމްޓީސީސީ ކުރީގެ ސީއީއޯ އާދަމް އާޒިމް ނިންމަވައިފިއެވެ.

އާދަމް އާޒިމް އެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު އާޒިމްއަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ކެމްޕެއިން ފަށާފައިވާއިރު، އާދަމް އާޒިމްގެ އިތުރުން އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ޔުތު މިނިސްޓަރު އަހްމަދު މަހްލޫފުވެސް ވަނީ ފާޅުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވާއިރު ހުސްވެފައިވާ މި މަގާމަށް، މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ އިތުރުން ހުސްވެފައިވާ ހަތަރު ދާއިރާއެއްގެ ކައުންސިލު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާއިރު މި އިންތިހާބުގައި ވާދަކުރުމަށް އަމިއްލަ ގޮތުން ކުރިމަތިލާނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެމީހަކު ކުރިމަތިލާ އިންތިހާބީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މަދުވެގެން 50 މީހުންގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު އަދި ސޮއި ހިމެނޭ ލިސްޓެއް ހުށަހަޅަންޖެހޭނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.