English Edition
Dhivehi Edition

ސަރުކާރު ހިއްސާވާ 7 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ނަން ފޮނުވައިފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު 7 ކުންފުންޏަކަށް އެމްޑީ އިން ހަމަޖެއްސުމަށް ޕީސީބީ އަށް ފޮނުވާފައިވާއިރު އެ ކުންފުނި ތަކަކީ ފެނަކަ، ވެމްކޯ، ރީޖަނަލް އެއްޕޯޓްސް، އާބަންކޯ، ޕީއެސްއެމްގެ އިތުރުން އެންސްޕާ އަދި އާސަންދައެވެ.

ސަރުކާރު ހިއްސާވާ 7 ކުންފުންޏަށް އެމްޑީން ކަނޑައެޅުމަށް ރައީސް ޑރ.މުއިއްޒު ފޮނުއްވި ނަންތަކަކީ

  • ފެނަކަ- މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު
  • ވެމްކޯ- އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލް
  • ރީޖަނަލް އެއާޕޯޓްސް – ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން
  • އާބަންކޯ – ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު
  • ޕީއެސްއެމް – ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރު
  • އެންސްޕާ- ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު
  • އާސަންދަ- ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)