English Edition
Dhivehi Edition
ޕީޕީއެމް އޮފީސް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މައި އޮފީސް ހުސް ކުރަން އެ އޮފީސް ހުންނަ ގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ.

އިއްޔެ ޕާޓީގެ އޮފީސް އިމާރާތް ހުސްކުރަން އަންގައި އެ ގޭގެ ވެރިފަރާތުން ޕީޕީއެމަށް ފޮނުވި ސިޓީގައިވަނީ ހ.ހުރަފާ ގޭގެ ގްރައުންޑް ފްލޯ އާއި އެ ގޭގެ އެއް ވަނަ ފަންގިފިލާއަކީ ޕީޕީއެމުން މިހާރު ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން ގެ އެދިވަޑައިގަތުމަށް އެމަނިކުފާނުގެ އޮފީހެއް ހިންގެވުމަށް ދޫކޮށްފައިވާ ތަނެއް ކަމަށެވެ.

އެހެން ނަމަވެސް އެތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުންގެންދާކަން ފާހަގަ ކުރެވިފައިވާތީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެހެންކަމުން އިއްޔެގެ މެންދުރު ކުރިން ތަން ހުސްކޮށް ހަވާލު ކުރުމަށް އެ ސީޓިގައި ގޭގެ ވެރިފަރާތުން ވަނީ ޕީޕީއެމަށް އަންގައިފައެވެ.

ޓެގު