ދިފޭދޫ ސްޕޯޓްސް އިން އިސްނަގައިގެން އައްޑޫސިޓީ ފޭދޫގައި ބާއްވާ “ފޭދޫ ސޮކަ ކަޕް 2018” ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިރޭ 11:00 އަށް ހަމަވާނެއެވެ.
މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި މަދުވެގެން ކޮންމެ ރަށަކުން ޓީމެއް ބައިވެރިވާނެ ކަމަށް ދިފޭދޫ ސްޕޯޓްސް އިން އުންމީދުކުރެއެވެ. މިހާތަނަށް އައިއިރު ބައެއް ޓމުތަކުންވަނީ މުބާރާތުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް ބައިވެރިވެފައިވާ ޓީމްތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ. މިރޭ 11:00 އާ ހަމައަށް މުއްދަތު ހަމަވުމުން ޓީމުތަކާބެހޭ މައުލޫމާތު ހާމަކުރާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުންވަނީ ބުނެފައެވެ.
މުބާރާތުގައި ބައިވެރިވޭ ކޮންމެ ޓީމަކުން ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 4000 ރުފިޔާ ދައްކަން ޖެހެއެވެ. މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ.