English Edition
Dhivehi Edition
އިސްލާމީ މިނިސްޓަރު ކަމުގެ ހުވާގެ ފަތްކޮޅުގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއި ކުރައްވަނީ

މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ގެ ވަޢުދުގައި 5 އަހަރުތެރޭ ދައުލަތުގެ އެހީގަ 1 ހާސް މީހުން ހައްޖަށް ފޮނުއްވާނެ ކަމަށް ކަނޑައަޅުއްވާފައިވުމާ އެކު، މިއަންނަ ޙައްޖުގައި އިންޝާﷲ މީގެ ފުރަތަމަ ބެޗް ޙައްޖަށް ފޮނުވޭނެ.” ޝަހީމް އެކްސްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ކޯޓާގެ ރަސްމީ އަދަދު ހަމަ ޖެހުމުން ފޮނުވާނެ އަދަދު އިއުލާންކުރައްވާނެކަމަށާ ހައްޖަށް މީހުން ކަނޑައަޅާ އުޞޫލު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖުގެ އަގު ހެޔޮކުރުމުގެ އިތުރުން، ފަސް އަހަރު ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. އިތުރަށް ރައީސް މުއިއްޒު ވިދާޅުވީ ފަގީރުން ހިލޭ ހައްޖަށް ގެންދާއިރު، ފޯރުންތެރިކަން ދަށް މީހުންނަށް، ބަހާލައިގެން ހައްޖުގެ އަގު ދެއްކޭނެ ގޮތް ހަދާނެ ކަމަށެވެ.