މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން، އެ މިނިސްޓްރީގެ ގުދަންތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
މިނިސްޓްރީގެ ދަށުގައިވާ ބައެއް ޢިމާރާތްތަކާއި ގުދަންތައް ބައްލަވާލައްވައިލެއްވުމަށް މިނިސްޓާގެ އަރިހުގައި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ @min_mohst ޢަލީ އިޙްސާން، މިނިސްޓްރީގެ ދަށުގައިވާ ބައެއް ޢިމާރާތްތަކާއި ގުދަންތައް ބައްލަވާލައްވައިލެއްވުން. މިނިސްޓަރގެ އަރިހުގައި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. pic.twitter.com/b5pOjhmovf
— Ministry of Homeland Security & Technology, MV (@HomeMinistrymv) November 22, 2023
މީގެ އިތުރުން އިހްސާންވަނީ ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރެއްވާ އަދި ދޫނިދޫ އަށް ވެސް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ވެސް ބައްލަވައިލައްވާފައެވެ.
މި މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ.މުހިއްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެކުލަވާލި ކެބިނެޓުގެ ގިނަ މެންބަރުން ގެންދަ ވަނީ ވުޒާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތައް ބައްލަވަމުންނެވެ.