އައްޑޫސިޓީގެ ހިތަދޫ އަވަށު މަސްމާރުކޭޓެއް ހެދުމަށް ނިންމާ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް2023 ނޮވެންބަރު 21 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 2023 ނޮވެންބަރު 27 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް އެއިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި ބީލަމުގައި ބައިވެރިވުމަށް 300/- ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 7،800.00 ރުފިޔާ ހުށަހަޅަންޖެހޭއިރު ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 ޑިސެންބަރު 10 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.