English Edition
Dhivehi Edition
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް - ފޮޓޯ: ޓްވިޓާ

” އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2023 ” ފުޓްބޯޅަ މުބާރާތް ކައުންސިލާއި ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މުބާރާތަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫހް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާއައުލެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި އައްޑޫސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ކައުންސިލާ ގުޅިގެން މި މުބާރާތް ހިންގުމަށް އެންމެ ރަގަޅު ޕްރޮޕޯޒަލެއް ހަށަހަޅާ ކްލަބު ޖަމުއިއްޔާ ޖަމާއަތްތަކަށް މުބާރާތް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުން ހަވާލުކުރެވޭނެ ކަމަށެވެ. މި މުބާރާތް ހިންގުމަށް ޝައުގުވެރިވާ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުން (ނަމާއި، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ފޯނު ނަންބަރު އަދި އީ-މެއިލް އެޑްރެސް) 2023 ނޮވެންބަރު 16ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް، އެ އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަނަށް އީ-މެއިލް ކުރުމަށް ވަނީ އެދިފައެވެ.

މި މުބާރާތް ހިންގަވާ ދެއްވުމަށް ޝައުގުވެރިވެލައްވާ ކްލަބު ޖަމުއިއްޔާ ޖަމާޢަތްތަކުން 2023 ނޮވެންބަރު 23ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް، ޕްރޮޕޯޒަލް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަ