English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ފިނޭންސް މިނިސްޓްރީން މި އަހަރަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އިސްލާހަކާ އެކު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ބުރާސްފަތި ދުވަހު ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ ނިންމައިފައެވެ. އެ ބަޖެޓު ފާސްކުރުމަށް 57 މެންބަރުން ވޯޓު ދެއްވިއިރު ބަޖެޓު ފާސްކުރަން 10 މެންބަރުން ދެކޮޅު ހެއްދެވިއެވެ.

މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު ކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު ވަނީ 49.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މަޖިލީހުން މިއަދު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓު 4 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ. އަދި ރިކަރަންޓު ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.