English Edition
Dhivehi Edition

އިންޑިއާގެ ޓްރިވެންޑްރަމްގެ ޓީޗިން ހޮސްޕިޓަލެއްގައި ދެމަސް ދުވަހުގެ ތަމްރީން ނިންމުމަށްފަހު 74 ނަރުހަކު އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

މިއީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން (ޓިވެޓް އޮތޯރިޓީ) އިން ހިންގާ ޕްރޮގްރާމުގެ ދަށުން ތަމްރީންކުރާ ކުދިންނެވެ. އެކުދިން ތަމްރީން ހަދަމުން ގެންދަނީ އެކުއްޖެއްގެ ރަށުގައި ތިބެގެންނެވެ. އެހެންނަމަވެސް އަމަލީ މަސައްކަތް ކުރުމަށް ކޮންމެވެސް ތަނެއްގައި މަސައްކަތް ކުރުމަކީ މަޖުބޫރު ކަމަކަށްވާތީ އެކުދިން ފޮނުވީ އިންޑިއާއަށެވެ.

މާލެއިންވެސް އެތަމްރީން ހެދެންއެބައޮތެވެ. އެހެންނަމަވެސް މާލޭގައި އެތަމްރީން ހެދުމުގެ ބަދަލުގައި އިންޑިއާއަށް ފޮނުވީ މާލެއަށްވުރެ އެތައް ގުނައެއް އިންޑިއާ އަގުހެޔޮވުމުން ކަމަށް ޓިވެޓް އޮތޯރިޓީންވަނީ ވިދާޅުވެފައެވެ. މިއީ ވަރަށް ކާމިޔާބު ކަމާއެކު ނިންމައިލި ތަމްރީން ޕްރޮގްރާމެއް ކަމަށްވެސް އެތަނުން ވިދާޅުވިއެވެ.
އެކުދިންވަނީ ނަރުހުންގެ ލެބޯޓަރީތަކުގައި މަސައްކަތް ކޮށްފައެވެ. އަދި ތަފާތު ބަލިތަކުގެ މީހުންނަށްވެސް އެކުދިންވަނީ ފަރުވާދޭން އެހީތެރިވެފައެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތައް ފަދަ ތަފާތު ބަލިތައް ހިމެނެއެވެ.

މިކުދިންނަށްވަނީ “އެމެރިކަން ހާޓް އެސޯސިއޭޝަން” އިން ހިންގި ޚާއްސަ ސެޝަން ތަކުގައި ބައިވެރިވެ ހަނދާނީ ލިޔުންވެސް ހޯދައިފައެވެ. އެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އެކުދިން ފަރުވާދިނީ ހިތުގެ ބަލިތަކަށް ފަރުވާ ލިބިގަންނަމުންދާ މީހުންނަށެވެ.

މި ކޯހުގެ ކިޔެވުން މިހާރުވަނީ އެއްކޮށް ނިމިފައެވެ. ފަހު އިމްތިހާން އޮންނާނީ އަންނަ ޖެނުއަރީމަހުގައެވެ.

ޓެގު