English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރ އެމްވީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ނަރުހުން ހޯދަން އިޢުލާންކޮށްފިއެވެ.

އޭއީއެޗް އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރެޖިސްޓަރޑް ނަރސް / ސީނިއަރ ރެޖިސްޓަރޑް ނަރސް / ކްލިނިކަލް ނަރސްގެ މަޤާމަށް ދެ ނަރުހުން ބޭނުންވާ ކަމަށެވެ.

މިގޮތުން ރެޖިސްޓަރޑް ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގއި 9،060ރ. އާއި 9،360ރ. އާ ދެމެދުގެ އަދަދެއް ލިބޭއިރު، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް 9،670ރ. އާއި 10،160ރ. އަދި ކްލިނިކަލް ނަރުހަކަށް 10،410ރ. އާއި 10،940ރ. އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖުލައި 2021ގެ 13:00ގެ ކުރިން އޭއީއެޗްގެ އޮފީހަށް ހުށަހެޅުމަށް އެ އިޢުލާނުގައި އެދިފައިވެއެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް އެ ހޮސްޕިޓަލުން ވަނީ އަންގައިފައެވެ.