English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން މުވައްޒަފުންނަށް އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ބޭއްވުނު މި ސްކްރީނިންގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ބޭންކުން ދަނީ ގަވައިދުން މުވައްޒަފުންނަށް ކެންސަރ ސްކްރީން ޕްރޮގްރާމް ބާއްވައި، ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދީ ބާރުއަޅަމުންނެވެ.

މި ޕާރޓްނާޝިޕް ގެ ދަށުން ސީއެސްއެމް އާއެކު ބޭންކުން ވަނީ މި ނޮވެންބަރު މަހު ކެންސަރަށް ސްކްރީންކުރުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ނ. އަތޮޅުގެ ރަށްތަކުގައި ޕްރޮގްރާމްތަކެއް ހިންގާފައެވެ.

2016 ވަނަ އަހަރުން ފެށިގެން ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓު ކުރުމަށް ބާރުއެޅުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.