English Edition
Dhivehi Edition

ރަތް ކަނޑާއި ބާބް އަލް މަންދާބް ސްޓްރެއިޓް އަށް ވަންނަ އިސްރާއީލުގެ މަނަވަރުތަކަށް ހަމަލާދީ އަޑިއަށް ދުއްވާލާނޭ ކަމުގެ އިންޒާރު ޔަމަނުގެ އަންސަރާالله ހަރަކާތުގެ ލީޑަރު އަބްދުލްމާލިކް އަލް ހޫތީ ދެއްވައިފިއެވެ.

އިސްރާއީލުގެ މަނަވަރުތަކަށް ހަމަލަދީ އަޑިއަށް ދުއްވާލާނޭ ކަމުގެ އިންޒާރު އަބްދުލްމާލިކް ދެއްވީ އަންސަރާاللهގެ މީޑިއާ ސެންޓަރުން ޝާއިއުކުރި ޕޯސްޓަރެއް މެދުވެރިކޮށް އާންމުކުރި ޕޯސްޓެއްގައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަމަނުގެ ހޫތީ ޖަމާއަތުން އިސްރާއީލަށް މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދެމުން އަންނައިރު، އަބްދުލްމަލިކު އަލް ހޫތީ ވަނީ މިހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ވައުދުވެފަ އެވެ. އިތުރުވަމުން އަންނަ ނުރައްކާތަކާ ގުޅިގެން އިސްރާއީލުގެ ސިފައިން ވަނީ ރަތް ކަނޑުގައި ހަތިޔާރު އެޅި ހަނގުރާމައިގެ މަނަވަރުތައް ގެނެސް އެ ސަރަހައްދުގައި އެގައުމުގެ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފަ އެވެ.

އަދި އިސްރާއީލުގެ ދިދަ ޖަހާފައިވާ އެ ގައުމުގެ ހަނގުރާންމަތީ މަނަވަރުތައް ބާބް އަލް މަންޑޭބް ސްޓްރެއިޓް އަށް ނުވަދެވޭނޭ ހެން ބަންދުކުރާނެ ކަމުގެ އިންޒާރު ދެއްވައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް އެންމެ ނުރައްކާތެރި ހަތިޔާރުގެ ބޭނުން ކުރާނޭ ކަމުގެ އިންޒާރު ވެސް އަބްދުލްމާލިކް ދެއްވި އެވެ. ބާބް އަލް މަންޑޭބް ސްޓްރެއިޓް އަކީ އިސްރާއީލަށް އެމެރިކާގެ މަރުކަޒުތަކާއި ގަލްފުގައި ތިބި އެގައުމުގެ އެކުވެރި ގައުމުތަކުން ތެލާއި ހަތިޔާރު ފޯރުކޮށްދޭ ހަމައެކަނި މަގެވެ. ބާބް އަލް މަންޑޭބް ސްޓްރެއިޓް ބަންދުކޮށްފި ނަމަ އިސްރާއީލުގެ އޮޕަރޭޝަންތަކަށާއި ސަޕްލައިތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެ އެވެ.

އަބްދުލްމާލިކް ވަނީ އިސްރާއީލަށް ދޭ ހަމަލާތައް އިތުރުކޮށް އެ ހަމަލާތައް ދިނުމުގައި ދެމިތިބޭނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުން އިސްރާއީލު ފައިބަންދެން އަސްކަރީ ހަރަކާތް ކުރިޔަށް ގެންދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.