English Edition
Dhivehi Edition
މާލޭ ގެއެއްގެ ބެލްކަނި ވެއްޓިގައި: މި ހާދިސާގައި މީހަކަށް ވަނީ އަނިޔާވެފައި-- ސަން ފޮޓޯ:

މާފަންނު ޖަވާހިރުމަގުގައި ހުރި އިމާރާތެއްގެ ބެލްކަންޏެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 1:18 ކަންހާއިރު ގެއެއްގެ ބެލްކަނި ވެއްޓި އަނިޔާވި ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށެވެ.

މި ހާދިސާގައި އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ހާދިސާގައި އެމީހާގެ ބޯފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށް މަންޒަރުދުށް މީހަކު ވަނީ ބުނެފައެވެ. ބެލްކަނި ވެއްޓުމުގެ ސަބަބުން އެސަރަހައްދުގައި ޕާކުކޮށްފައި ތިބި ސައިކަލުތަކަކަށް ވެސް އެކިވަރުގެ ގެއްލުންވި ކަމަށް މަންޒަރުދުށް މީހާ ކިޔައިދިނެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، މި މައުލޫމާތު ކަމާއި ބެހޭ އިދާރާތަކާއި ހިއްސާކޮށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ