English Edition
Dhivehi Edition
އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް

ސަރުކާރުން އިސްކަންދޭ ބިލްތަކުގެ ތެރޭގައި ހިމެނޭ “އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް” އަދި “އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް” ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ނުކުރާތީ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

މި ބިލްތަކުގެ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ފައްޔާޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަދި އިގްތިސޯދަށް ވަރަށް މުހިއްމު ދެ ބިލް ކަމަށެވެ.

އިތުރަށް ފައްޔާޒު ވިދާޅުވީ ގަރާރުތަކެކޭ އެއްފަދައިން މި ބިލްތައް އެޖެންޑާކޮށް ބަހުސްކޮށް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މި ދެ ބިލް ސަރުކާރުން ފޮނުވީ މަޖިލީހުގެ މިދިޔަ ދައުރަށެވެ.