English Edition
Dhivehi Edition
އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް

ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކޮށް އެމްޑީޕީ ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ މެމްބަރުންނަށް އަރިސްކޮށް، ޕާޓީގެ ޗެއާޕާސަން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކޮށް އެ ޕާޓީ ދާނީ ކުރިއަށްކަމަށެވެ.

އެމްޑީޕީގެ އަހަރީ ދުވަހު ޕާޓީގެ މެންބަރުންނަށާއި ތާއިދު ކުރައްވާ ބޭފުޅުންނަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތަހުނިޔާ އަރިސްކޮށްފައެވެ. އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި ހަމަނުޖެހުން ބޮޑުވެފައިވާ މި ދަނޑިވަޅު، އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ޕާޓީ އޮފީހުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި އުފެދުނު ހަމަނުޖެހުންތައް، ހައްލު ނުކުރެވި ޕާޓީ ދެ ފެކްޝަނަކަށް ވަނީ ބެހިފައެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެމްޑީޕީ ރަޖިސްޓްރީކޮށްފައިވަނީ 2015 ވަނަ އަހަރު 26 ޖުލައިގައެވެ.