English Edition
Dhivehi Edition

ބޭނުންވާ ތަކެތި

1/2 ކިލޯ ބޯންލެސް އިންޗިއެއްހާ ވަރަށް ކޮށާފައި
3 ފިޔާ ( އަރިއަށް ހަނިކޮށް ކޮށާފައި ކޮށާފައި )
1/2 ޖޯޑު ކޯންފްލާރ
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
2 ޗިކަން ކިއުބް
1/2 ސައި ސަމުސާ އިނގުރު ޗިސްކޮށްފައިހުރި
4 ކެޕްސިކަމް (ކަރުނަގާ ކޮށާފައި)
1 ސައިސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮމުރިސް
1 ފަޅި ބެލްޕެޕަރ ( ކުދިކޮށް ކޮށާފައި)
2 ސައި ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި)
1/2 ޖޯޑު ޗިލީ ސޯސް
1/2 ޖޯޑު އަލަނާސި ދަޅުގެ ސިރަޕް
2 މޭޒުމަތީ ސަމުސާ ކޯންފްލާރ
8 ފޮތި ދަޅު އަލަނާސި ކުދިކޮށް ކޮށާފައި
2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
1/2 ޖޯޑު ޓޮމާޓޯ ސޯސް
ލޮނުކޮޅެއް
ތެޔޮ

ޗިކަންކޮޅުތެލުލާއިރު ބޭރުގައި ހޭކުމަށް
4 ބިސްގިރާފައި
2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
1/2ޖޯޑު ކޯންފްލަރ އޮލަކޮށް ފެންފޮދެއް ގައި ގިރާލާފައި
4/1 ސައި ސަމުސާ މުގުރި އަސޭމިރުސް
ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ކުކުޅު ގައި ހާކަން ބޭނުންވާ ހުރިހާ ބާވަތްތައް އެއްކޮށް ރަނގަޅަށް މިކްސް ކޮށްފައި ކުކުޅުމަސް ކޮޅުގެ ބޭރުގައި ރަނގަޅަށް ހާކާފައި ބަހައްޓާށެވެ.

ތަވާ އުނދުންމައްޗަށް އުދާލާށެވެ.

ތެޔޮ އަޅާލާފައި ކެކިގަތުމުން ކުކުޅު ކޮޅު އެތެރެމަޑުކޮށް ބޭރަށް މަޑު މުށިކުލައެއް އަރާވަރަށް ތެލުލާފައި ބަހައްޓާށެވެ.

އެހެންތަވައެއްއް އުނދުންމައްޗަށް އުދާލާށެވެ.

ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.

ތެޔޮފޮދު ހޫނުވީމާ ފިޔާ، މިރުސް ،ބެލްޕެޕަރ ،ލޮނުކޮޅެއް އަދި ކެޕްސިކަމް، އަޅާފައި މަޑުގިނީގައި ދޭފަތުން ހަލަމުންދާށެވެ.

އެބައި މޯޅިވުމުން އިނގުރު ލޮނުމެދުކޮޅާއި އަލަނާސިކޮޅު އެއްކޮށްލާށެވެ.
2 މޭޒުމަތީ ސަމުސާ ކޯންފްލާރ އަލަނާސި ސިރަޕްގައި ގިރާފައި އެއްކޮށްލާށެވެ.
ދެން ބާކީހުރި ހުރިހާ ބާވަތްތައް އަޅާލާފައި ރަހަހިފާވަރަށް ކެކުމުން ތެލުލާފައި ހުރި ކުކުޅު އަޅާލާފައި ރަހަހިފާވަރުވުމުން އެއްވެ މަޑު ގިނީގައި ކެކުމުން އުނދުން މަތިން ބާލާށެވެ.

ޓެގު