English Edition
Dhivehi Edition

ކުޑަކުދިންނަށްދޭ ދިޔާ ބޭހެއް ކަމަށްވާ ޕެރެސެޓެމޯލް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

ކޮލިޓީގެ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ ޕެރެސެޓެމޯލް، ކެލްޕޯލް ޕީޑިއެޓްރިކް ޑްރޮޕްސް (100mg/ml)ގެއެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖޭގެ މާކެޓުގައި މިވަގުތު ހުރި ކުޑަކުދިންނަށް ދޭ ޕެރެސެޓެމޯލް ބޭހުގެ ކޮލިޓީ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަލާއިރު ބޭހުގެ ކުލަ ބަދަލުވެ އަދި ބޭސް ގަނޑުވެފައިހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ވަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ބުނެފައެވެ.