English Edition
Dhivehi Edition

ރާއްޖެ އެތެރެކޮށް ބޭނުންކުރާ އިންޖެކްޝަނެއްގައި ކޮލެޓީ މައްސަލައެއް އުޅޭތީ އެ އިންޖެކްޝަންގެ ވަކި ބެޗްތަކެއް ރާއްޖޭގައި ބޭނުން ކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ، އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން)ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީންވަނީ ބުނެފައެވެ.

މީގެ އިތުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަކުރެވޭ ބެޗު އެއްވެސް ފާމަސީ އެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެންގުމަށް ވެސް ވަނީ އެދިފައެވެ.

މި އިންޖެކްޝަނަކީ އިންޑިއާގެ ކަޑީލާ ފާމަސޫޓިކަލް ލިމިޓެޑް (އަހުމަދުއާބާދު) އިން އުފައްދާ އިންޖެކްޝަނެކެވެ. އެސިލޮކް އިންޖެކްޝަނަކީ ބަނޑުން އިތުރު އެސިޑް އުފައްދާ މިންވަރު މަދުކޮށްދޭ ބޭހެކެވެ.