ކުޑަކުއްޖަަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ނޫހް މުހައްމަދު ނައީމް (35އ) ނ. ކެނދިކުޅުދޫ / ކެނދިކޮޅު. ޝާދީވިލާ، އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންކަމުން ނޮވެމްބަރު 15 ވަނަ ދުވަހުގެ 14:00 އަށް ނ.ލަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެެވެ.