English Edition
Dhivehi Edition
އުރީދޫ ފަންރަން.ފޮޓޯ އުރީދޫ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޑްރޯން ރޭހާއެކު، އުރީދޫގެ ‘ފަން ރަން 2023’ އިއުލާނުކޮށް، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫގެ ފަން ރަން އިންތިޒާމުވެފައި ވަނީ ހުރިހާ އުމުރުފުރައެއްގެ ކުދި ބޮޑު އެންމެނަށް ބައިވެރިވެވޭ ގޮތަށް ކަމަށެވެ. މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ފަން ރަންގެ އެންމެ ހާއްސަ އިވެންޓާއި ބެހޭ ގޮތުން ހުސައިން ނިޔާޒް ވިދާޅުވީ މި އަހަރުގެ “ފަން ރަން” ބާއްވާ ހަފްތާ ބަންދު ތަފާތު ބަންދަކަށް ހެދުމުގެ ގޮތުން ޑްރޯން ރޭހެއް އެ ދުވުން އޮންނަ ދުވަހުގެ ހެނދުނު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި ރޭހުގައި އަލަށް ޑްރޯން ދުއްވާ ފަރާތްތަކަށާއި ޕްރޮފެޝަނަލްކޮށް ޑްރޯން އަރުވާ މީހުންނަށް ވެސް ބައިވެރިވެވޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. ޑްރޯން ރޭހަށް ބައިވެރިން ތައްޔާރުކުރުމަށްޓަކައި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މުބާރާތް ކުރިއަށްދާ ވަގުތު ޑްރޯން ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެއެވެ.

އުރީދޫން ވަނީ މިއަދުން ފެށިގެން ފަން ރަންގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު އުރީދޫ ފަން ރަން ކިޓުގައި ހިމެނެނީ:

  • ސްޓެންޑާޑް ކިޓް (100 ރުފިޔާ): ފަން ރަން ޓީޝާޓާއި ވްރިސްޓް ބޭންޑާއި ބިބް ނަންބަރު ހިމެނޭނެ
  • ފަން ކިޓް (200 ރުފިޔާ): ސްޓެންޑާޑް ކިޓްގައި ހިމެނޭ ތަކެތީގެ އިތުރުން ފޮތިކޮތަޅަކާއި ލޮލުގައި އަޅާ ގޮގްލްސް އާއި ވްރިސްޓް ބޭންޑެއްގެ އިތުރުން ބަންޑާނާ އެއް ހިމެނޭނެ

އުރީދޫ ފަން ރަންއަށް މިދޔަ އަހަރުވެސް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.

 

ޓެގު