English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ ފުރަތަމަ ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް ކާމިޔާބުކަމާއެކު ނިންމާލިކަން އިއުލާނުކޮށްފިއެވެ.

ރާއްޖެ އާއި ގަތަރުގެ ހުނަރުވެރި ގޭމަރުންގެ މެދުގައި ރޮކެޓްލީގުގެ ވަރުގަދަ ވާދަވެރިކަން ދައްކުވައިދިން މި އިވެންޓް ނިމިގެން ދިޔައީ ހިތްގައިމު ފިނާލޭއަކާއެކުއެވެ. މި މުބާރާތް ކާމިޔާބު ކުރި ގަތަރުގެ ޓީމުންނެވެ.

މިމަހުގެ 8 އިން 10 އަށް ކުރިއަށް ގެންދިޔަ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް އަކީ އުރީދޫ ނޭޝަން މޯލްޑިވްސް އިން ބައިނަލްއަގްވާމީ އީސްޕޯޓްސް ދާއިރާއަށް ތައާރަފްވި ފުރަތަމަ މަސައްކަތެވެ. މި މުބާރާތުގައި 1،919 ޑޮލަރުގެ އިނާމު ޕޫލަކާއެކު ކުރިއަށް ގެންގޮސްފައިވާއިރު، މި ސަރަހައްދުގެ ގޭމިން ކޮމިއުނިޓީއަށް މިފަދަ ފުރުސަތުތައް ހޯދައިދިނުމުގައި އަބަދުވެސް އުރީދޫއިންދަނީ މަސައްކަތް ކުރަމުންނެވެ.

ރޮކެޓް ލީގުގެ ފޯމެޓްގައި ދެ ގައުމުގެ ގޭމަރުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. މުޅި އިވެންޓް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލްއިން ލައިވްސްޓްރީމްކޮށް، ރާއްޖެ އާއި ގަތަރުގެ ގޭމިން ކޮމިއުނިޓީގެ ތެރޭގައި ހުރި ހުނަރާއި ދައްކުވައިދިނެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެކްސެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ މި މުބާރާތަކީ މުސްތަގުބަލުގައި ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތްތައް ބޭއްވުމަށް މަގު ފަހިކޮށްދިން މުބާރާތެއް ކަމަށާއި ޑިޖިޓަލް ކުޅިވަރުތަކުގައި ދުނިޔެއާ ކުރިމަތިލާން ރާއްޖެ އޮތީ ތައްޔާރަށްކަން ދައްކުވައިދީފައިވާ ކަމަށެވެ. އަދި ގޭމް ކުޅޭ ކުޅުންތެރިންނަށް މިފަދަ ޕްލެޓްފޯމެއް ފަހިކޮށްދީ، ރާއްޖެއާއި ގަތަރާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ހުރިހާ ބައިވެރިންނާއި ސަޕޯޓަރުންނާއި ޕާޓްނަރުންނަށް އުރީދޫ މޯލްޑިވްސް އިން ޝުކުރު އަދާކުރެ އެވެ. އީސްޕޯޓްސް ކޮމިއުނިޓީއާއެކު އުރީދޫ ނޭޝަން ވަރަށް ގާތުން މަސައްކަތްކުރަމުންދާއިރު މިއަހަރުވެސް އަދި ގިނަ މުބާރާތްތައް ރޭވިފައިވާކަން އުރީދޫއިން ފާހަގަ ކުރެއެވެ.

ޓެގު