English Edition
Dhivehi Edition

“އުރީދޫ މަސް ރޭސް 2024 ކ. ހިންމަފުށި” ގެ ޗެމްޕިއަންކަން ސިފްކޯ ޓީމުން ހޯދައިފިއެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސް ރޭސް ޖުމްލަ ތިން ރަށެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެއީ, ހިންމަފުށީގެ އިތުރުން ޅ. ނައިފަރު އަދި ގދ. ތިނަދޫގައެވެ.

މި ތިން ރަށުގައި ބާއްވާ މަސް ރޭހުން ވެސް އެއްވަނަ ޓީމަކަށް 25،000 ރުފިޔާ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، އިއްޔެ ހިންމަފުށީގައި ބޭއްވި މަސް ރޭހުގެ އެއްވަނަ ޓީމު، ސިފްކޯއަށް ވެސް ވަނީ 25،000 ރުފިޔާ ހަވާލުކޮށްފައެވެ. ހިންމަފުށީ މަސް ރޭހުގައި 21 އަށްވުރެ ގިނަ ޓީމުން ބައިވެރިވެފައިވާއިރު އުރީދޫއިން ބުނީ, ޓީމުތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ހާއްސަ ގިނަ އެވޯޑުތަކެއް ދީފައިވާ ކަމަށެވެ.

އެ ގޮތުން:

  • ޗެމްޕިއަން ޓީމް: 999.35 ޕޮއިންޓާ އެކު ޓީމް ސިފްކޯ
  • ދެވަނަ ޓީމް: 807.85 ޕޮއިންޓާ އެކު ގޯޅިއަންސް ސްޕޯޓްސް ކްލަބް
  • ތިންވަނަ ޓީމް: 608.1 ޕޮއިންޓާ އެކު ޑިޓިއުން ފިޝިން
  • އެންމެ ބަރު މަސް: ހަސަން ނައީމް، މާސްޓާ ކްލާސް – 37.7 ކިލޯގެ ފާނަ
  • އެންމެ މޮޅު ކެޔޮޅު، ފިރިހެން: ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް، 25 މަސް
  • އެންމެ މޮޅު ކެޔޮޅު، އަންހެން: ފާތިމަތު ފެޒްލީން، ޑިޓިއުން ފިޝިން، 17 މަސް

ޓެގު