English Edition
Dhivehi Edition
ފޮޓޯ: އުޜީދޫ

ކަސްޓަމަރުން ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް އުރީދީ އިން ކުރަމުން ގެންދާ މަސައްކަތުގައި އާ އަދި އިތުރު ޚިދުމަތްތަކެއް އިއުލާންކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް އޮގަސްޓް 1، 2024 ގައި ފާހަގަކުރަން ފެށުމާއިއެކު، ޒަމާނީ ޓެކްނޮލޮޖީ އާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން އެއް ވަނީ ފަށާފައެވެ.

އުރީދޫ 5ޖީ: މުޅި ރާއްޖެއަށް ކަވަރޭޖް ފުޅާކުރުން

ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި އުރީދޫ އިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތަ އަށް މިއަދުން ފެށިގެން ލިބިގެންދާނެއެވެ. އަދި މި މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެއެވެ. ޑިޖިޓަލް އިނޮވޭޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން، ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ އެކްސްޕީރިއަންސެއް ލިބިގެންދާނެއެވެ

ނޫޖޫމް: ލޯޔަލްޓީ ޕްރޮގްރާމް

އުރީދޫ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކުރެވިފައި މިވަނީ، އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށެވެ. ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެ އެވެ. މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. ނޮޖޫމް އަކީ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

އާޗާ ސުޕަނެޓް އަދި އާޗާ އެއާފައިބާ : ޑެއިލީ ޑޭޓާ މިހާރު ފައިބާރ ބްރޯޑްބޭންޑަށް

އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް މިވަނީ ތައާރަފުކުރެވިފައެވެ. ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓްގެ ހިދުމަތް ލިބުމަށް މި ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ. މި ކުރިއެރުމަކީ ރާއްޖޭގައި އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު ބޮޅެކެވެ.

އޭއައި ޕޯސްޓްޕެއިޑް: އޭ.އައި މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕްލޭން ތައްޔާރުކޮށްލާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި ޕޯސްޓްޕެއިޑް ތައާރަފްކުރެވުނީއެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ހެދުމަށް މި އިނޮވޭޓިވް ހިދުމަތުން ލިބިގެންދާއެވެ. އޭއައި ޕޯސްޓްޕެއިޑް އާއެކު ކަސްޓަމަރުންނަށް ތަފާތު ފްލެކްސިބިލިޓީ އާއި ވެލިއު ލިބޭ ގޮތަށް ހާއްސަ ޕްލޭނެއް ބޭނުން ކުރެވޭނެ އެވެ.

ހެއްސަ ޑޭޓާ:ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް

ހެއްސަ ޑޭޓާ އަކީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްއަށް ތައާރަފުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭނެކެވެ. ކަސްޓަމަރުނގެ އެކި ބޭނުންތަކަށް ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް މި އޮފާ އަކީ އިންޓަރނެޓު ބޭނުން ކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ މިނިވަންކަން ފަހިކޮށްދޭ ޕްލޭނެކެވެ.

އާޗާ ދަންދަން: ދަންވަރަށް ހާއްސަ

ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ހާއްސް އާޗާ ދަންދަން އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑީއަގެ ގިން އެޕްލިކޭޝަންތަކަށް ޑޭޓާ އެލަވަންސެއް ލިބޭ އިރު، “ދަން ދަން” ގަޑިތަކުގައި ދަންވަރު 1:00 އިން ފަތިހު 5:00 އަށް ލިބިގެންދާނެ އެވެ. މި ޕްލޭންއާއެކު މެދުނުކެނޑި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރެވޭނެއެވެ.

އެންޓަޓައިނިއާ: އެންޓަޓެއިންމަންޓް އާ ހަރުފަތަކަށް

މުނިފޫހިފިލުވުމުގެ ގިން އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަމަށްވާ އެންޓަޓައިނިއާ އުރީދޫއިން ވަނީ ތައާރަފުކޮށްފައެވެ. މި އާ ފީޗާގައި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނެ އެވެ. މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއްތަނަކުން ފުއްދައިދޭ ގޮތަށް އެންޓަޓެއިނިއާ ފަރުމާކޮށްފައި ވެއެވެ.

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް އަކީ 1919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެ އާއި ގަތަރު ގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެއް. އޮގަސްޓް މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ޚިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޓެގު