English Edition
Dhivehi Edition

ގއ.ގެމަނަފުށި ކައިރީ ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހަނަކު ނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ މިރޭ ދަނގަޑު ޖަހައިގެން މަސްހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ގއ.ގެމަނަފުށީ ފަޅަށް ވަންނަން އައި ލޯންޗެއް ޖެހި ހިނގި ހާދިސާގައި މީހަކު ނިޔާޥެފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ނިޔާވީ އުމުރުން 45 އަހަރުގެ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ގެމަނަފުށީ މީހަކު ބުނީ މަސްހިފުމަށް މޫދަށް ފޭބީ ދެމީހުން ކަމަށެވެ. އަދި ގެމަނަފުއްޓަށް ވަންނަން އައި ރިސޯޓެއްގެ ލޯންޗުގެ ބުރަފަތީގައި ޖެހުނު މީހާގެ ބޮލަށާ ބަނޑު އެއްކޮށް ޖިސްވެފައިވާކަމަށާ އެމީހާގެ ހަށިގަނޑު ދެބުރިވެފައިވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުރަމުންނެވެ.