English Edition
Dhivehi Edition
ޖޫން 22 ވަނަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރު ޖަނަވަރީ މަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ޕާޓީން ވާދަކުރަން ނިންމައި ކެންޑިޑޭޓުން ނެރޭނީ އެއް ކޯލިޝަނަކުން ކަމަށެވެ. އަދި އެކޯލިޝްނުން ވާދަކުރާނެ ކެންޑީޑޭޓުން ކަނޑައެޅުމަަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަނަ އަހަރު ޖަނަވަރީ 20 ވަނަ ދުވަހުކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕީޕީއެމް އިން ބުނީ މި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޑިސެމްބަރު 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށް ހުޅުވާލާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރުމުގެ ޝައުގުވެރިކަން ގިނަ މެންބަރުން ފާޅުކުރަމުން އަންނައިރު، ބައެއް ކެންޑިޑޭޓުން ވަނީ މިހާރުވެސް ޕްރައިމަރީގެ ކެމްޕެއިން ފަށާފައެވެ.

ޓެގު