English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރައްވައިފިއެވެ.

ކަރެކްޝަނަލް ސަރވިސް އިން އެމަނިކުފާނު ގެއަށް ބަދަލުކުރައްވާފައިވަނީ މިއަދުއެވެ.

ކަރެކްޝަނުން ވިދާޅުވީ ޔާމީން ގެއަށް ބަދަލުކުރެއްވީ ވަގުތީގޮތުން ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ކުރު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަކީ ރައީސް ސާލިހަށް ގާނޫނުގެ ތެރެއިން ވެސް ކުރެއްވޭނެ ކަމެއް ކަމަށާއި އަދި އެއީ މަސްލަހަތަށް ބަލާއިރު، މިއީ އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށެވެ.