English Edition
Dhivehi Edition
ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވައި ދިނުމަށް، މަޖިލީސް އިދާރާގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގުރުޕޫން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކުރި ފަހުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މި ގޮތުން މިދިޔަ އާދިއްތަ، އަދި ހޯމަ ދުވަހުގެ ޖަލްސާއަށްވެސް މޖިލީސް ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުވާފައިވާއިރު މިއަދު ބާއްވަން ތާވަލުކުރި ޖަލްސާވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ،

އެމްޑީޕީ އިން މާދަމާ ޖަލްސާއެއް ބާއްވައި ދިނުމަށް އެދިފައިވާއިރު މީގެ ކުރިން އެ ޕާޓީން ވަނީ ރައީސް ނަޝީދުގެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ އިން ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ވެސް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ،