English Edition
Dhivehi Edition

ދިވެހި ޤައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް ޢިސްމާޢީލް، ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރެއްވުމާ ގުޅިގެންނެ އެކަމަށް ރައްދުދެއްވަވަމުން މިނިސްޓަރ ސައީދު ވިދާާޅުވީ 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް ދިވެހި ޤައުމުގެ އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ ތެރޭގައި މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށެވެ.

“މުޅި ނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން. ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު.” މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ބީއެމްއެލްއަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވެފައިވަނީ އެބޭންކުގެ ބޯޑު މެމްބަރު ކަމުން، ބޭންކުގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.