އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ބަޖެޓު ހުށަހެޅުމަށް މިއަދު ތާވަލު ކޮށްފައިވާ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ވަޑައިނުގަންނަވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު އަށް ވިދާޅުވީ، އަމީރު މިއަދުގެ ޖަލްސާ އަށް ވަޑައިނުގަންނަވަން ނިންމެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އޮއްވާ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ލަފާ ދެއްވުމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް އެޖެންޑާކޮށްފައިވާއިރު އެމްޑީޕީ އިން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހާށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދާ ހާ ހިދަކު އެހެން އެއްވެސް މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނަކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައާއި އެކު ރައްޔިތުންގެ މަޖިލީސް ވަނީ ހުއްޓިފައެވެ. އަދި މަޖިލީހުގައި ރައްޔިތުންނާ ގުޅުން ހުރި މުހިއްމު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.