English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް އަވަސް ކުރެވޭކަށް ނެތް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ހަބީބް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ސޮފްވަތު އެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތްތަށް މަޑު ދުވެއްޔެއްގައި ކުރިއަށް ދާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަނުކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ސަފްވަތު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ލަސްވަނީ ކޯޓުގެ ބައެއް މަސައްކަތްތަކާއި ޝަރީއަތްތައް ފުށު އެރުމާއި ދިފާއީ ވަކީލުންގެ ވަގުތުތައް ފުށު އެރުމުން ކަމަށެވެ. އަދި ދިފާއީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ހުރުމުން ކަމަށެވެ.

އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ހުރި އެހެންމައްސަލަތަކުގެ އަޑުއެހުންތައް ވެސް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ.

މި މައްސަލައިގެ 9 ޝަރީއަތުގެ އަޑުއެހުމެއް މިއަހަރު ބާއްވަން މަސައްކަތްކޮށްފައިވާއިރު، މިއަހަރު ބޭއްވިފައި ވަނީ 6 ޝަރީއަތުގެ އަޑުއެހުމެވެ. އަންނަ މަހުގެ 23، 27 އަދި 29 ވަނަ ދުވަހަށް މި މައްސަލައިގެ އަޑުއެހުން ތާވަލް ކުރެވިފައިވާ ކަމަށް ސޮފްވަތު ވިދާޅުވިއެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހެކިންގެ ހެކިބަސް ނެގުމެވެ.