English Edition
Dhivehi Edition
މީހަކު ފޯނަކުން މެސެޖު ކުރަނީ - ފޮޓޯ: ގޫގުލް

ޕީޕީއެމްގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން އަންގައިފިއެވެ.

ޕީޕީއެމްގެ ނަމުގައި ދައުރުވާ މެސެޖުގައިވަނީ ކަސްޓަމްސް ފީ ނުދެއްކުމުގެ ސަބަބުން ޕެކޭޖް ޑެލިވަރީ ނުކުރެވޭނެކަމަށެވެ. އަދި އަވަހަށް ޕެކޭޖް ޑެލިވެރީކުރުމަށް ޕީ ދެއްކުމަށް އެދި ލިންކެއްވެސް ވަނީ ފޮނުވާފައެވެ.

ޕީޕީއެމްއިން ވަނީ އެޕާޓީގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމަށެވެ. އަދި މި އެސްއެމްއެސްގައި ވާ ލިންކުތަކަށް ނުވަންނަން ޕީޕިއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ފަހަކަށް އައިސް މިފަދަ ސްޕޭމް މެސެޖްތައް ފޮނުވައިގެން މީހުންގެ އެކައުންޓުން ފައިސާ ވަގަށް ނަގާ މައްސަލަ ވަނީ އިތުރުވެފައެވެ. އަދި މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ޓެގު