English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫސިޓީގައި ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާއެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައި.ސީ.އެމް.ޕީ.އެލް) އާއި ހަވާލުކޮށްފިއެވެ.

ޔޮޓް މެރީނާ އާއި ކުރޫޒް ޓާމިނަލް ހަދަން ނިންމާފައިވަނީ ފޭދޫ އާއި ގަން ހިމެނޭ ގޮތަށެވެ. މިމަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެއްލައްކަ އަކަފޫޓްގެ ބިމެއް ކަނޑައަޅާފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

މީގެ އިތުރުން ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާއެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑު ސަރަޙައްދުގައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ 350 މިލިއަން ޑޮލަރުގެ މި މަޝްރޫގެ ސަބަބުން އައްޑޫ ސިޓީއަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.