English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލަށް ވަންނަ ތަން - ފޮޓޯ: އަވަސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކާރުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައްދަން ދަތިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއިން ބަލަން ފަށައިފިއެވެ،

އިއްޔެ ކުރިއަށް ދިޔަ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ މެމްބަރުންނަށް ފަސޭހައިން ކާރުތައް ވަދެވޭނެ ކޮންމެވެސް ކަހަލަ ގޮތެއް އޮންނަން ޖެހޭނެކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި އެންމެ ރަނގަޅުގޮތަކީ އެއާޕޯޓްސް ކޮމްޕެނީ އާއި ފުލުހުންނާއި މަޝްވަރާކޮށްގެން ހައްލެއް ހޯދުން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޕާކިން ސެކިއުރިޓީއާ ނޫނިއްޔާ ޕާކިންއަށް ވަކި ހާއްސަ ގޮތްތަކެއް މެމްބަރުންނަށް ހަމަ ޖެހޭނެ ގޮތެއް އޮތުން މުހިއްމުކަން ފާހަގަކުރަމުން މުހައްމަދު ރަޝީދު ވިދާޅުވީ ކޮންމެ މެމްބަރަކަށް ޕާކިން ސްޓިކާއެއް ލިބޭނެ ކަހަލަ ގޮތެއް ހަމަޖެހުން މުހިއްމު ކަމަށެވެ.