English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި އިންޑިއާ އަންހެނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސަންދީޕް ކޯރް ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކޮށް އިއްޔެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް އެ ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ކްރިމިނަލް ކޯޓުން ބުނީ އޭނާގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ ތުހުމަތައް ބޭނުންވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ހުށަހެޅިފައިވާ ބަޔާންތަކާއި ވީޑިއޯއިން ކުއްޖާގެ ގައިގައި އޭނާ ޖަހާފައި ހުރިކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.