English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލް

އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން ޤާއިމްކުރާ 200 ހައުސިންގް ޔުނިޓްގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް، އެ މަސައްކަތް ކުރުމަށް ބިން ހަވާލުކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނިީ އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން ޤާއިމްކުރާ ހައުސިންގް ޔުނިޓްގެ މަސައްކަތުގެ ކޮންޓްރެކްޓަރ ޕީޓީ، ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓޭޑް އާއި ބައްދަލުކޮށްފައިވާކަމަށެވެ.

މިބައްދަލުވުމުގައި ހިތަދޫގައި ޤާއިމްކުރާ 200 ހައުސިންގް ޔުނިޓްގެ މަސައްކަތުގެ މަޢުލޫމާތު ކައުންސިލް އާއި ހިއްސާ ކުރުމުގެ އިތުރުން މަސައްކަތައް ބޭނުންވާ ބިން ކޮންޓްރެކްޓަރާ ވަނީ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި އެޅުމަށް ނިންމާފައިވާ މި ހައުސިންގ ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެއެވެ. ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރ،ި 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.

އައްޑޫ ސިޓީ ކައުންސިލާ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ހިންގާ މި މަޝްރޫއަކީ ދައުލަތުން 214،852،500.00 ރުފިޔާ ހަރަދުކޮށްގެން ހިންގޭ ސަރުކާރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުއެކެވެ.